ފަލްސަފީ
ޕްލޭޓޯ: ޢިލްމީ އަދި ފިކުރީ އިންގިލާބެއްގެ ބާނީ
ވީރުންގެ ފުރަމަލަ
ކިޔުމުގެ އަކުރު
ޕްލޭޓޯ އުފަންވީ މީލާދުގެ 427 އަހަރު ކުރިން، ގްރީސްގެ އެތެންސްގެ މުއްސަނދި އަދި އިއްޒަތްތެރި އާއިލާއަކަށެވެ. އޭނާގެ ހަށިގަނޑު ވަރުގަދަވެފައި ކޮނޑު ފުޅާވުމުން، މީހުން އޭނާއަށް "ޕްލޭޓޯ"ގެ ނަމުން ގޮވަން ފެށީއެވެ. ޒުވާން ދުވަސްވަރު ސިޔާސީ މައިދާނަށް ނުކުމެ ވެރިކަންކުރުމަކީ އޭނާގެ ހުވަފެނެކެވެ. ނަމަވެސް، އުމުރުން 20 އަހަރުގައި މަޝްހޫރު ފަލްސަފާވެރިޔާ ސޮކްރޭޓިސްއާ ބައްދަލުވުމުން އޭނާގެ ވިސްނުން މުޅިން ބަދަލުވިއެވެ. ސޮކްރޭޓިސް ކުރާ ފުން ސުވާލުތަކަށް ޕްލޭޓޯގެ ހިތުގައި ބޮޑު ލޯތްބެއް އުފެދުނެވެ. އެހެންނަމަވެސް، އެތެންސްގެ ސަރުކާރުން ސޮކްރޭޓިސްއަށް މަރުގެ އަދަބުދިނުމަކީ ޕްލޭޓޯގެ ހިތަށް ލިބުނު ހިތްދަތިކަމެކެވެ. މި ހާދިސާއަށް ފަހު އޭނާ ސިޔާސީ ދާއިރާ ދޫކޮށްލައި ހަގީގަތް ހޯދުމުގެ ފަލްސަފާވެރި މަގު އިހުތިޔާރުކުރިއެވެ.
ސޮކްރޭޓިސް ވަކިވުމަށް ފަހު، ޕްލޭޓޯ 12 އަހަރު ދުވަހު ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރިއެވެ. އިޓަލީއާއި މިސްރާއި ސިސިލީ ފަދަ ތަންތަނަށް ގޮސް، ހިސާބު ޢިލްމާއި ތާރީހާއި ސިޔާސީ ނިޒާމުތައް ވަރަށް ފުންކޮށް ދިރާސާކުރިއެވެ. މި ދަތުރުތަކަށް ފަހު އެނބުރި ރަށަށް އައިސް، އޭނާ "އެކަޑަމީ"ގެ ނަމުގައި މަދަރުސާއެއް އުފެއްދިއެވެ. މިއީ މުޅި ޔޫރަޕުގައި ވެސް އުފެދުނު މިފަދަ ފުރަތަމަ މަތީ ތައުލީމުދޭ މަރުކަޒެވެ. މި ތަނުގައި އޭނާ މީހުންނަށް ދަސްކޮށްދިނީ ހަމައެކަނި ފޮތުގައި ހުންނަ މައުލޫމާތެއް ނޫނެވެ. އޭނާ ބޭނުންވީ މީހުންގެ ބުއްދި ތަރައްގީކޮށް، ކަންކަމުގެ އަސްލު ހޯދުމަށް މަސައްކަތްކުރާނެ ގޮތް ދަސްކޮށްދޭށެވެ.
ޕްލޭޓޯގެ ފަލްސަފާގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ "ތިއަރީ އޮފް ފޯމްސް"އެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އަހަރެމެންނަށް މި ފެންނަ މާއްދީ ދުނިޔެއަކީ ހަގީގީ ދުނިޔެއެއް ނޫނެވެ. އެއީ ހަމައެކަނި ފުރިހަމަ ހިޔާލުތަކެއްގެ ހިޔަންޏެކެވެ. މި ފިކުރު ކިޔައިދިނުމަށް ޓަކައި އޭނާ "ހޮހަޅައިގެ މިސާލު" ބޭނުންކުރިއެވެ. އޭނާ ބުނެދެނީ ހޮހަޅައެއްގެ ތެރޭގައި ބަނދެވިފައި ތިބި ބަޔަކަށް ފެންނާނީ ހަމައެކަނި ހިޔަނިތަކެއް ކަމަށެވެ. ނަމަވެސް، ފަލްސަފާވެރިއަކީ އެ ހޮހަޅައިން ބޭރަށް ނުކުމެ، އިރުގެ އަލީގައި ހަގީގީ ދުނިޔެ ބަލާ މީހާކަމަށެވެ. މީގެއިތުރުން، އިންސާނާގެ ނަފުސު ބެހިގެންވަނީ ބުއްދިއާއި ޖޯޝާއި އެދުންތަކުގެ މައްޗަށްކަމަށާއި ކާމިޔާބު އިންސާނަކީ ބުއްދީގެ އަލީގައި ތިމާގެ އެދުންތައް މައިތިރިކުރާ މީހާ ކަމުގައި އޭނާ ބުނެދިނެވެ.
ޕްލޭޓޯގެ ހަޔާތުން ލިއްބައިދޭ ދަރެސްގާހަކީ ދިމާވާ ބޮޑެތި މުސީބާތްތަކަކީ ކުރިއަށް ދިޔުމަށް ލިބޭ ފުރުސަތަކަށް ހަދަން ޖެހޭކަމެވެ. އޭނާގެ އެންމެ ލޯބިވާ އެދުރު މަރައިލުމުން، މާޔޫސްވެ ހުއްޓި ހުރުމުގެ ބަދަލުގައި އޭނާ އިހުތިޔާރުކުރީ އެދުރުގެ ފިކުރު މުޅި ދުނިޔެއަށް ފެތުރުމަށެވެ. މުއްސަނދި އަދި އާރާއި ބާރުހުރި އާއިލާއަކުން އައި މީހަކަށް ވީނަމަވެސް، އޭނާ އިސްކަންދިނީ ހަގީގަތް ހޯދުމަށާއި މީހުންނަށް އުނގަންނައިދިނުމަށެވެ. އަމިއްލަ އެދުމަށްވުރެ ބޮޑަށް އިލްމު ހޯދުމަށް އިސްކަންދިނުމަކީ ކާމިޔާބީގެ ތަޅުދަނޑިކަން އޭނާގެ ހަޔާތުން އެނގެއެވެ. މިއީ މިއަދުގެ ޖީލަށް ވެސް ލިބޭ ވަރަށް މުހިންމު ފިލާވަޅެކެވެ.
ޕްލޭޓޯގެ "ދަ ރިޕަބްލިކް" މި ފޮތުގައި އޭނާ ސިފަކޮށްދީފައިވާ އިންސާފުވެރި ދައުލަތުގެ ހިޔާލަކީ މިއަދުގެ ސިޔާސީ ނިޒާމުތަކަށް ވެސް ލިބޭ ބޮޑު އިރުޝާދެކެވެ. އޭނާ ގަބޫލުކުރި ގޮތުގައި ވެރިކަމުގެ މަސްއޫލިއްޔަތު އުފުލަންވާނީ ހަމައެކަނި ބާރާއި ނުފޫޒަށް އެދޭ މީހުން ނޫނެވެ. އޭގެ ބަދަލުގައި، އިންސާފާއި ހަގީގަތުގެ އަގުވަޒަންކުރާން އެނގޭ، އިލްމީ ގޮތުން ފުރިހަމަވެފައިވާ ހިކުމަތްތެރި ވެރީންނެވެ. މި ފިކުރުގެ ސަބަބުން، ވެރިކަމަކީ އަމާނާތެއް ކަމާއި އެކަން ކުރާންވާނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ޓަކައި ކަން ދުނިޔެއަށް އޭނާ ދަސްކޮށްދިނެވެ.
ޕްލޭޓޯ އިންސާނީ ނަސްލަށް ދޫކުރި އެންމެ އަގުބޮޑު ހަދިޔާއަކީ، ކަންކަމާ މެދު ފުންކޮށް ވިސްނުމާއި ސުވާލުކުރުމުގެ މުހިންމުކަމެވެ. އޭނާގެ ފަލްސަފާތަކުގެ ސަބަބުން ހުޅަނގުގެ ތައުލީމީ ނިޒާމާއި ބުއްދީގެ ބޭނުންކޮށްގެން ހަގީގަތް ހޯދުމުގެ އުސޫލުތައް ބިންގާ އެޅިގެންދިޔައެވެ. މިއަދު އަޅުގަނޑުމެން ބޭނުންކުރާ ސައިންސުވެރި އުސޫލުތަކާއި ސިޔާސީ ނިޒާމުގައި ހިމެނޭ އިންސާފާއި ހަމަހަމަކަމުގެ ހިޔާލުތަކަކީ ޕްލޭޓޯގެ މަސައްކަތްތަކުން އުފަންވެފައިވާ ކަންކަމެވެ. އޭނާ ދަސްކޮށްދިނީ ހަމައެކަނި ފެންނަ ފެނުމަކަށް ކަންކަން ގަބޫލުނުކުރުމަށާއި ކޮންމެ ކަމެއްގެ ވެސް އަސްލު ހޯދުމަށް މަސައްކަތްކުރުމަށެވެ.
އުމުރުން 80 އަހަރުގައި ޕްލޭޓޯ މި ދުނިޔެއާ ވަކިވެދިޔައީ އިންސާނީ ފިކުރުގެ މައިދާނުގައި ނުފޮހެވޭނެ ފަދަ އަސަރުގަދަ ނިޝާންތަކެއް ދޫކޮށްފައެވެ. އޭނާ އުފެއްދި އެކަޑަމީއާއި އޭނާ ލިޔުއްވި ފޮތްތަކުގެ ސަބަބުން، މިއަދު ވެސް ދުނިޔޭގެ ތައުލީމީ އަދި ސިޔާސީ ނިޒާމުތައް ބިނާވެފައިވަނީ އޭނާގެ ފިކުރީ ބިންގަލުގެ މައްޗަށެވެ. ޕްލޭޓޯއަކީ ހަމައެކަނި މާޒީގެ ތަސްވީރެއް ނޫނެވެ. ގަލަމީ ނަމެއް ވެސް ނޫނެވެ. އެއީ އިންސާނީ ބުއްދި އޮތްހާ ހިނދަކު، ހަގީގަތުގެ މަގު ދައްކައިދޭނެ އަލިގަދަ ދަންމަރެކެވެ. އޭނާގެ ހަޔާތުން ދަސްވާ އެންމެ ބޮޑު ހަގީގަތަކީ އިންސާނާގެ ޖިސްމު ފަނާވެދިޔަ ނަމަވެސް، އެ މީހަކު ދޫކުރާ ހެޔޮ ފިކުރާއި އިލްމަކީ އަބަދަށް ދެމިއޮންނާނެ މުދަލެއް ކަމެވެ.
އިލްމަށް ލޯބިކުރާ ކޮންމެ މީހަކު ވެސް ޕްލޭޓޯގެ ހަޔާތުން ލިބިގަންނަންވީ އެންމެ މުހިންމު ފިލާވަޅަކީ، އިލްމު ހޯދުމަށް އޮންނަން ޖެހޭ ކެތްތެރިކަމާއި ޝައުގުވެރިކަމެވެ. އޭނާއަކީ މުއްސަނދި އާއިލާއަކަށް ނިސްބަތްވި މީހަކަށް ވިޔަސް، އޭނާގެ މުޅި ހަޔާތް ހޭދަކުރީ އުނގެނުމާއި އުނގަންނައިދިނުމުގައެވެ. މި މާދިރީ ޝަޚުސުގެ ހަޔާތުނާމާއިން ދަސްކުރަންވީ ކަމަކީ، އިލްމަކީ ހަމައެކަނި އިމްތިހާނަކުން ފާސްވުމަށް އޮތް އެއްޗެއް ނޫންކަމާއި އެއީ އަމިއްލަ ނަފުސާއި މުޅި މުޖުތަމައު އިސްލާހުކުރުމަށް އޮތް ބާރެއް ކަމެވެ. ޕްލޭޓޯ ފަދައިން، ތިމާ ދަސްކުރާ ކޮންމެ އެއްޗެއްގެ ބޭނުން ހިފައި، މުޖުތަމައަށް ހެވެއް ހޯދައިދިނުމަށް މަސައްކަތްކުރުމަށެވެ.
ޕްލޭޓޯ އަޅުގަނޑުމެންނަށް ދައްކައިދިނީ "އެދުރުންނަށް އިހުތިރާމްކުރުމާއި" އެ މީހުންގެ ހަނދާނާއި ފިކުރު ދިރުވުމުގެ ރީތި ނަމޫނާއެކެވެ. އޭނާގެ އެދުރު ސޮކްރޭޓިސް އެއްވެސް ފޮތެއް ނުލިޔުނު ނަމަވެސް، ޕްލޭޓޯގެ މަސައްކަތުން ސޮކްރޭޓިސްގެ ނަން ތާރީހުގައި ރަންއަކުރުން ފެންނަން އެ އޮތީ ޕްލޭޓޯގެ ވަފާތެރިކަމުގެ ސަބަބުންނެވެ. ކޮންމެ މީހަކު ވެސް ތިމާގެ އެދުރުން ދަސްކޮށްދޭ ހެޔޮ ކަންކަން މުޖުތަމައުގައި ފަތުރައި، އެ އިލްމު ދެމެހެއްޓުމަށް މަސައްކަތްކުރާ މީހަކަށް ވާންޖެހެއެވެ. ޕްލޭޓޯގެ މި އުސޫލުތަކަކީ އިންސާނީ ނަސްލު ކުރިއަރައި ދިޔުމަށް މިއަދު ވެސް ބޭނުންތެރި މުހިންމު ބަހާތަކެކެވެ.

ޚިޔާލުތައް ( 0)
ޚިޔާލު ހުށަހަޅާ
ހުރިހާ ޚިޔާލެއް ފެންނާނީ ބެލެހެއްޓުންތެރިޔާ ޤަބޫލުކުރުމަށްފަހުއެވެ.