ބަހަވީ, މަޒުމޫނު, ލިޔުން, ސާނަވީ

ބަހަވީ ލިޔުން: ގިނަބައްސަގެ ފޮނިމީރުކަން، ކުރިއަށް ދިޔުމުގެ ބާރު

ބަހަވީ ލިޔުން: ގިނަބައްސަގެ ފޮނިމީރުކަން، ކުރިއަށް ދިޔުމުގެ ބާރު

އިންސާނުންނަށް ލިބިފައިވާ ޤާބލިއްޔަތުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ގިނަބައްސައިގެ އަހުލުވެރިއަކަށް ވުމުގެ ޤާބިލުކަމެވެ. ބަސްވާރު، ކޫކް ހާމަކުރައްވާ ގޮތުގައި ގިނަ ބަސްބަހުން ވާހަކަދައްކަން ފަރިތަވުމަކީ ދެ ފުއްޕާމޭ ލިބުންފަދަކަމެކެވެ. ތަހުޒީބީ މި ޒަމާނުގައި ބަވަނަވަންތަ ކަމުގެ ވެށިތަކަށް ތިމާ ފައްކާވުމަށް ޓަކައި، އެއް ބައްސައަށް ވުރެ ބޮޑަށް ތިމާއަށް އެނގެން ޖެހެއެވެ. ދެބައްސަ، ނުވަތަ ގިނަބައްސައިގެ އަހުލުވެރިއަކަށް ވާން ޖެހެއެވެ. އޭރުން ތިމާއަކީ، ގިނަ ޤާބިލިއްޔަތު ތަކެއްގެ ވެރިއަކަށް ވާނެއެވެ. އެހެނީ، ބަސްބަހުގައި ހިމެނޭ ގޮތްތައް އެނގުނު މިންވަރަކުން ތިމާގެ ސިކުނޑީގެ ޚަޒާނާ މުއްސަނދިވެ، ބަވަނަވަންތަކަމަށް ލޯ ހުޅުވޭ މިންވަރު އިތުރުވާނެއެވެ. އެއީ، ބަހަވީ ސިންދަފާތުގެ ސަބަބުން ތިމާގެ ފިކުރާއި ޚިޔާލުތައް އެހެން ހަރުފަތަކަށް ގެންގޮސްދޭތީއެވެ. ވީމާ، ވިސްނުމާއި ފިކުރު ތާޒާކުރުމަށާއި، ޢިލްމީ، ފަންނީ، އިޖުތިމާއީ ޒާތީގޮތުން ތިމާ ކުރިއަރަން ބޭނުންނަމަ މިއަދު ތިމާވާންވީ ގިނަބައްސައިގެ އަހުލުވެރިއަކަށެވެ.


ގިނަބައްސައިގެ އަހުލުވެރިއަކަށް ވުމީ ތިމާގެ މާދަރީބަސް ދޫކޮށްލަން ޖެހޭ ކަމެއް ނޫނެވެ. މަދަރީބަހަކީ އެމީހަކު ވާހަކަދައްކާ، އެމީހަކު މޮށެއުޅޭ، އެމީހަކީ ކާކުވަންތަކަން ހާމަކޮށްދޭ އެންމެ ބޮޑު ބަހާއެވެ. އެހެންކަމުން، މާދަރީބަހަކަށްވާނީ އެ މީހެއްގެ އަމިއްލަ ބަސްމަގު ގެންގުޅޭ ގޮތާއި، އެ މީހެއްގެ ވާހަކަދެއްކުން ހުންނަ ގޮތާއި، ބަސްފާޅުކުރުމަށް ގެންގުޅޭ އުސްލޫބުތަކެވެ. މިއީ ފަރުދީބަހުރުވަ ނުވަތަ ފަރުދީބަސްމަގެވެ. ވާހަކަދެއްކުމުގައި އެއްގޮތްތަކެއް ގެންގުޅޭ ޖަމާއަތެއް ނަމަ އެ ޖަމާއަތުގައި ބޭނުންކުރާ ބަސްމަގު ނުވަތަ ބަހުރުވަ އެއީ އެބައެއްގެ ވެހިބަހެވެ. ދުނިޔޭގެ މަޝްހޫރު ކޮންމެ ބަހެއްގައި ވެސް އެތަކެއް ވެހިބަހެއް ހިމެނެއެވެ. ވެހިބަސްތަކަކީ ބަހަށް ދިރުން ގެނުވައިދޭ ބަހާއެކެވެ. ދިވެހިބަހުގައި ވެސް ކަން އޮތީ މި ބީދައިންނެވެ. އެހެންކަމުން، ގިނަބައްސައިގެ ފޮނިމީރުކަން ލިބޭހިނދު، ތިމާގެ ވެހިބަހަށް ލޯބިކުރަން ސަމާލުވަން ޖެހޭނެއެވެ.

އެއް ބަހަށް ވުރެ ގިނަ ބަސްބަހުން ވާހަކަދައްކާ ނަމަ، އެމީހެއްގެ ވިސްނުން ހުޅުވާލުމަށް ފުރުޞަތު ފަހިވެގެންދާނެއެވެ. ދުނިޔޭގެ ބައެއް ބަސްބަހީ، ބަހަވީ ސިންދަފާތުގެ ތެރެއިން އެކި ޠަބީއަތްތަކަށް ފެތި ހިމުންވެފައި ހުންނަ ބަސްބަހެވެ. ބަހެއް ހެދި ބޮޑުވާނީ އެބަހެއްގެ އަހުލުވެރިންގެ ޤަބޫލުކުރުންތަކާއި، އަޤީދާއާއި ސަގާފަތާއި އާދަކާދައިން ފެން ލިބިގެންނެވެ. ވީމާ، ކޮންމެ ބަހެއްގައި ވެސް އެ ބަހަކަށް ޚާއްޞަ ސިފަތަކެއް ހުންނާނެއެވެ. އެހެންވީމާ، ދެވަނަ ބަހެއް ނުވަތަ ތިންވަނަ ބަހެއްގެ އަހުލުވެރިއަކަށް ތިމާ ވާހިނދު، އެބަހެއްގެ ޠަބީއަތް ތިމާއަށް އެނގުމަކާ ނުލައި ދަސްކުރެވޭނެއެވެ. މިސާލަކަށް، ޢަރަބިބަހަކީ ދެ ޖިންސަށް ތަފާތު ލަފުޒުތަކެއް ބޭނުން ކުރާ ބަހެއްކަން އެނގޭތީ، ލަފުޒުތައް ބޭނުން ކުރުމުގައި އެކަމަށް ސަމާލުވާން ޖެހެއެވެ. ވާހަކަދެއްކުމުގައި އެކަމަށް ވިސްނަން ޖެހޭނެއެވެ. އެހެންކަމުން، ގިނަބައްސައިގެ އަހުލުވެރިއަކަށް ތިމާ ވެގެންދާ ހިނދު ބަސްބަހުގެ ޠަބީއަތަށް ލޯ ހުޅުވިގެންދާ ދިއުމުން ތިމާގެ ފިކުރާއި ވިސްނުން ފުޅާވެގެން ދެއެވެ. މިއީ، ކާމިޔާބު ކަމާއެކު ކުރިއަށް ދިއުމަށް ހުޅުވާލެވޭ ދޮރެކެވެ.
ތިމާގެ މައުރޫފީ ޤާބިލުކަން އުފެދިގެން އަންނަނީ ބަހުގެ ޒަރިއްޔާއިންނެވެ. އެ ޤާބިލުކަން ފާޅުކުރުމަށް ބޭނުން ކުރާ ވަސީލަތަކީ ވެސް ބަހެވެ. މައުރޫފީ ޤާބިލުކަމާއި ބަހާއި ގުޅިގުޅެނީ ކިހިނެއް ހެއްޔެވެ؟ މައުރޫފީ ޤާބިލުކަމަށް ނުވަތަ ވިސްނުމުގެ ރާސްތާއަށް މަގު ދައްކައިދެނީ ބަހުގެ ތެރެއިން ތިމާގެ ކިބައިގައި އަށަގެންފައި ހުންނަ ޢިލްމެވެ. މިސާލަކަށް، މާދަރީބަހަކީ ދިވެހިބަސް ކަމުގައިވާ ޒުވާނެއްނަމަ، އެ ޒުވާނާގެ  ސިކުނޑީގައި ހުންނާނީ ދިވެހިވަންތަކަމާއި، ދިވެހި ވެށީގައި ހިމެނޭ ކަންކަމުގެ މައުލޫމާތެވެ. ދިވެހިސަގާފަތާއި އާދަކާދައާއި ދިވެހިއްޔަތުގެ ބަހާތަކާ ގުޅޭ ޢިލްމެވެ. އެހެންކަމުން، ދިވެހިވަންތަކަމަކަށް ކުރިއެރުމެއް ގެނައުމަށް ވިސްނުންތަކެއް ނެރެން ބޭނުންވެއްޖެ ނަމަ އެހެން ބަހެއްގެ އަހުލުވެރިއަކަށް ވުރެ ބޮޑަށް ފަސޭހަކަމާއެކު، އެ ވިސްނުމާއި އެ ފިކުރުތައް ނެރެވޭނީ ދިވެހި ސިކުނޑިއަކުންނެވެ. ގިނަބައްސައިގެ އަހުލުވެރިއެއް ނަމަ، މިކަން ގުނަވެގެންދާ މިންވަރު އިތުރުވާނެއެވެ. ވީމާ، ތިމާގެ މަޢުރޫފީ ޤާބިލުކަން މަތިކުރަން ބޭނުން ނަމަ ގިނަ ބަސްބަހުން މުއާމަލާތާއި މުވާސަލާތު ކުރަން ދަސްކުރުމަކީ، ކުރިއަށް ދިޔުމަށް ކޮށައިލެވޭ މަގަކަށް ނޫނީ ނުވާނެއެވެ.
މީހާގެ ދުނިޔެއަކީ ހަތަރު ފާރުގެ އެތެރެ ކަމުގައިވި ޒަމާން ފާއިތުވެ ހިންގައްޖެއެވެ. މިއަދު ޤައުމުގެ ތަކުގެ އިންފާރުތައް ނެތި ޤައުމުތައް ހުޅުވެމުންދާ މި ޒަމާނުގައި އެކި ހާލަތްތަކުގައި އެކި އެކި ސަގާފަތުގެ އަހުލުވެރިންނާ ބައްދަލުވެ މިލި އުޅެން ޖެހެއެވެ. މިގޮތަށް މިލިއުޅުމުގެ ތެރެއިން ވެސް ފެތުރިގެން އެދަނީ އެކި ފަންނުގެ ޢިލްމުތަކެވެ. އިޖުތިމާއީ، ބަހަވީ ޢިލްމެވެ. އިޤްތިޞާދީ، ދީނީ ޚިޔާލުތަކެވެ. ތަހުޒީބާއި ނާތަހުޒީބުގެ ފަރަގުތަކުގެ ޚުލާޞާތަކެވެ. މިއިން ކޮންމެ މިލިއުޅުމެއްގައި ވެސް އިސްކުރަން ޖެހެނީ މާދަރީބަސް ނޫން ބަހެކެވެ. އެހެންކަމުން، އެއްބައްސައިގެ އިތުރުން، ދެބައްސަ ނުވަތަ ގިނަބައްސައަށް މީހާ ހޭލާން ޖެހެއެވެ. އެހެންނޫނީ، ތިމާއަކީ ތަހުޒީބީ މުޖުތަމައުގެ ބީރައްޓެއްސަކަށް ވެގެން ހިނގައިދާނެއެވެ. ނުވަތަ ތަހުޒީބީ މި ޒަމާނަށް ހޭނުލެވޭ، މި ޒަމާނުގެ ފޮނިމީރުކަން އިހުސާސް ނުކުރެވޭ މީހަކަށް ވެދާނެއެވެ. މިފަދަ ކޮންމެ ކަމަކުން، މަގުދައްކައިދެނީ ކުރިމަގަށެވެ. ކުރިއަށް ދިޔުމަށެވެ.